މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި 4 މައިދާނެއްގައި އަދި 27 މިސްކިތުގައި އީދު ނަމާދުކުރާނެ

ދަޕްރެސް

2 ޖޫން 2025 | ހޯމަ | 3:23

1446 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު، މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި 4 މައިދާނެއްގައި އަދި މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

1446 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ގައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މާލޭ ސަރަހައްދުގައި އަޟްހާ އީދު ބޮޑު ޖަމާއަތް ހެދުމަށްޓަކައި ހަމަޖައްސާފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލޭ ފުޓްބޯޅަދަނޑު، ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް 2ގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދު ކަމަށެވެ. މީގެއިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ 27 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް