އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސަކަށް ރާއްޖެ

ދަޕްރެސް

2 ޖޫން 2025 | ހޯމަ | 10:02

އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ނައިބު ރައީސެއްގެ ހައިސިއްޔަތުން މި އެސެމްބްލީގައި ރާއްޖެއިން އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، މަޖިލީހުގެ ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މިއަދު އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަށް މަގާމުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި މަޖިލީހުގެ ނައިބު ރައީސުންގެ ގޮތުގައި ޖުމުލަ 21 ގައުމެއް އިންތިހާބުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުން ވަނީ 5 ގައުމެއް އިންތިހާބު ކޮށްފައެވެ. އެއީ:

މައުޟޫޢުތަށް