ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތީގައި، ލޭންޑްމަކްއެއްގެ ގޮތުގައި ހައިވަކަރު ގަސް އިންދަނީ
ދަޕްރެސް
3 ޖޫން 2025 | އަންގާރަ | 2:31
ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް އިންދުމަށް، ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކޮށްފައިވާ ގަސްތައްކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށް ދާއިރު ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.