ގެދޮރުވެރިޔާ ސްކީމް މައްސަލަ: އަކްރަމް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކުރަނީ
ދަޕްރެސް
3 ޖޫން 2025 | އަންގާރަ | 2:39
ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީއިން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަމުގެ ހެކިގަރީނާ އޭސީސީ އަދި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
އޭސީސީއިން ބުނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.