2022 ގެ ނިޔަލަށް ފިޝަރީޒް މިނިސްޓްރީއަށް ލިބެން ޖެހޭ 287 މިލިއަން ލިބިފައެއް ނުވޭ: އޮޑިޓް

ދަޕްރެސް

3 ޖޫން 2025 | އަންގާރަ | 5:22

2022 ގެ ނިޔަލަށް ފިޝަރީޒް މިނިސްޓްރީއަށް އެކި ގޮތްގޮތުން ލިބެން ޖެހޭ 287 މިލިއަން އެބައޮތް ކަމަށާއި ނަމަވެސް އެ ފައިސާ ލިބިފައިވާ ނުވާކަން ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި ވާގޮތުން 2022 ގެ ނިޔަލަށް މިނިސްޓްރީގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ލޯނުގޮތުގައި ދޫކޮށްފައިވާ ފައިސާއާއި މިނިސްޓްރީއަށް އެކިއެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާގެ ތެެރެއިން ޖުމުލަ 287،140،302 ރ. ލިބިފައެއް ނުވެއެވެ.

ތަފްސީލު ހާމަކުރަމުން ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި 1 އަހަރާއި 5 އަހަރާއި ދެމެދު ޖުމުލަ 100،535،747ރ. އަދި 5 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ޖުމުލަ 184،449،960ރ. ލިބިފާ ނުވާ ކަމަށެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ވަނީ މި ފައިސާ އަނބުރާ ހޯދުމަށް މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް