ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ދަޕްރެސް
3 ޖޫން 2025 | އަންގާރަ | 11:03
ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައެވެ. މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހިޔާ ޕާކު ސަރަހައްދުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.
އަދި ޒަހަމް ވި ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.