ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
ދަޕްރެސް
4 ޖޫން 2025 | ބުދަ | 10:36
ރޭ ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައި ބިދޭސީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައިވާ އިންޑިއާ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.