ކުޑަ ދެ ކުދިން ފެންވަރަނިކޮށް ވީޑިއޯކޮށް، އޮރިޔާން ކާޑު ގެންގުޅުނު މައްސަލަ، ފުނަދޫ ކޯޓުން ބެލޭނެކަމަށް ހައިކޯޓުން ބުނެފި

ދަޕްރެސް

4 ޖޫން 2025 | ބުދަ | 11:31

ކުޑަ ދެ ކުދިން ފެންވަރަނިކޮށް ވީޑިއޯކޮށް، އޮރިޔާން ކާޑު ގެންގުޅުނު މައްސަލަ ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނުބެލޭނެކަމަށް ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ފުނަދޫ ކޯޓުން ބެލޭނެކަމަށް ހައި ކޯޓުން ބުނެފިއެވެ.

ކުޑަ ދެ ކުދިން ފެންވަރަނިކޮށް ވީޑިއޯކޮށް އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ދައުވާ އުފުލާފައިވަނީ ށ. ފުނަދޫ، ދިލްކަޝް، އަހްމަދު ހުސައިންގެ މައްޗަށެވެ. މި މައްސަލައިގައި ސެޕްޓެމްބަރު 17، 2023 ގައި އަހްމަދު ހުސައިިންގެ މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލިބެލުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ 64 ފޮޓޯ އާއި ފަސް ވީޑިއޯ ފައިލް ވަނީ ފެނިފައެވެ. އަދި އޭނާ ގެންގުޅުނު އިތުރު ފޯނަކުން ވެސް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފައިލްތައް ފެނިފައިވެއެވެ.

އޮރިޔާން ކާޑުގެ ގެންގުޅުނު މައްސަލައިގައި އަހުމަދު ހުސައިންއަށް ދައުވާ އުފުލައި މައްސަލަ ބެލުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ މި ހާދިސާ ހިނގާފައިވަނީ ށ. ނަރުދޫގައިކަމަށްވާތީ އަދި މައްސަލައިގައި އަނިޔާ ލިބުނު ފަރާތާއި ހެކިން ނިސްބަތްވަނީ ވެސް ށ. ނަރުދޫއަށް ކަމަށްވާތީ އެ މައްސަލަ ބަލަން ޖެހޭނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. އެހެންކަމުން ށ.ފުނަދޫ ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

މައުޟޫޢުތަށް