މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 77.1 ޕަސެންޓު އިތުރުވެއްޖެ
ދަޕްރެސް
4 ޖޫން 2025 | ބުދަ | 1:39
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާއި ބަލާއިރު 77.1 ޕަސެންޓުގެ އިތުރުވުމެއްކަމަށް އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ފާއިތުވި 6 އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ އިތުރުވެފައެވެ. އެގޮތުން ދައުލަތަށް މި އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 78.4 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.8 ޕަސެންޓުގެ އިތުރުވުމެކެވެ.