ބާރުބޮޑުވާތީ ކުރިއާލާ ދަތުރުވެރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އެދިއްޖެ

ދަޕްރެސް

4 ޖޫން 2025 | ބުދަ | 3:31

ކުރިއަށް މިއޮތް ބޮޑު އީދު ބަންދާއި ދިމާކޮށް ބާރުބޮޑުވާތީ ކުރިއާލާ ދަތުރުވެރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓު މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީއާއި، އެއާޕޯޓުގެ ބާރު ބޮޑުވާތީ ކޮންމެ ޕަސިންޖަރަކުވެސް ފްލައިޓު ޗެކިންއަށް ކުރިއާލާ އެއާޕޯޓަށް އައުމަށް އެދޭ ކަމަށެވެ.

ކުރިއަށް އޮތް އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް ދަތުރު އަޅާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުންވެސް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް