ހުކުރު ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ!
ދަޕްރެސް
4 ޖޫން 2025 | ބުދަ | 5:10
އަޟްހާ އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 06:00 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.
އެގޮތުން އިންޖީނުލީ އަދި ބެޓަރި އުޅަނދުވެސް ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.