ތިން ދުވަހަށް ދެމިގެންދާގޮތަށް، މާލެ ސަރަހައްދުގައިވެސް އީދު ފާހަގަ ކުރަނީ ގައުމީ ފެންވަރުގައި

ދަޕްރެސް

4 ޖޫން 2025 | ބުދަ | 6:10

މި އަހަރުގެ އަޟްހާ އީދު މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ގައުމީ ދިފާއީ ބާރާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން އީދުގެ އުފާ ފާޅުކުރުމަށް، "އީދުހަވީރު 1446"ގެ ނަމުގައި ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި އީދު ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުގެ މަތިން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "އީދުހަވީރު 1446"ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައި ވާއިރު، މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މައުޟޫޢުތަށް