ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދަންޖެހޭ: ރައީސް

ދަޕްރެސް

5 ޖޫން 2025 | ބުރާސްފަތި | 7:39

ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސްކުރައްވައިފިއެވެ.

އީދު ދުވަހުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައިވެސް އަދި ހިޠާބުގައިވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާއީ ރޫހާ އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ބާރު އަޅުއްވާފައެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައެވެ. ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

މައުޟޫޢުތަށް