ހުރިހާ ހައްޖާޖީން މިހާރު ވަނީ ބޮޑު ޖަމްރާއަށް ހިލަ އުކާ ނިމިފައި: ހައްޖު ކޯޕަރޭޝަން
ދަޕްރެސް
7 ޖޫން 2025 | ހޮނިހިރު | 6:05
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް އައި ހުރިހާ ހައްޖާޖީން މިހާރު ވަނީ ބޮޑު ޖަމްރާއަށް ހިލަ އުކާ ނިމިފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި އައި 1000 ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން މިހާރު ބޮޑު ޖަމްރާއަށް ހިލަ އުކާ ނިމިފައިވާކަމަށާއި، މާދަމާ ތިން ޖަމްރާއަށް ހިލަ އުކުން އޮންނާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ތިން ޖަމްރާއަށް ހިލަ އުކުމަށްވެސް މާދަމާ ހައްޖު ކޯޕަރޭޝަނުން ހުރިހާ ހައްޖުވެރިން އެކުގައި ގެންނާނެ ކަމަށާއި، އަމިއްލަ އަތުން ހިލަ އުކުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.