ތާރީހީ ކާމިޔާބެއް، ރާއްޖޭގެ ވޯޓާއެކު ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ލިބިއްޖެ

ދަޕްރެސް

7 ޖޫން 2025 | ހޮނިހިރު | 10:04

ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އދ. އެޖެންސީ، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފި އެވެ.

އެ ދަރަޖަ ފަލަސްތީނަށް ލިބިފައި ވަނީ ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ނެގި ވޯޓަކުންނެވެ.

ފަލަސްތީނަށް ރަސްމީކޮށް އައިއެލްއޯގެ އޮބްޒާވާ ދަރަޖަ ލިބިފައިވަނީ ރާއްޖޭގެ ވޯޓުވެސް ހިމަނައިގެންނެވެ. އެގޮތުން 386 ގައުމަކުން ފަލަސްތީނާ އެއްކޮޅަށް ވޯޓު ދިން އިރު ފަލަސްތީނަށް ސްޓޭޓެއްގެ ދަރަޖަ ދިނުމާ ދެކޮޅަށް ވޯޓު ދިނީ 15 ގައުމަކުންނެވެ. އަދި 42 މެމްބަރަކު އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މައުޟޫޢުތަށް