ފަރާ ހާން ދިވެހި ރަތް ލިބާހުގައި، ހީވަނީ ހަމަ ދިވެއްސެއްހެން!

ދަޕްރެސް

7 ޖޫން 2025 | ހޮނިހިރު | 11:27

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ހާން ރަތް ލިބާހުގައި ދިވެހިންނަށް އީދު ތަހުނިޔާ ފޮނުވައިފިއެވެ.

ފަރާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި އެމްއެމްޕީއާރްސީގެ ދައުތަކަށެވެ. އޭނާ ރާއްޖެ އައުމާއެކު މަރުހަބާ ކިޔާފައި ވަނީ ވެސް އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީއެވެ.

އެމްއެމްޕީއާރްސީން ބުނީ، މިއީ މިހާރު ފާހަގަ ކުރަމުން އަންނަ އަޟްހާ އީދު ހަރާތްތައް ފަރާ އަށް ދައްކާލައި އޭނަ މެދުވެރިކޮށް ކޮންޓެންޓްތަކާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި ދިން ދައުވަތެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޓީމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުން ފަރާ ކޮންޓެންޓްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް