މިއީ އެންމެ އަވަހަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައި އަހަރު
ދަޕްރެސް
7 ޖޫން 2025 | ހޮނިހިރު | 6:04
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސް، މިހާތަނަށް އެންމެ އަވަހަށް އައި 1 މިލިއަން ވަނަ ފަތުރުވެރިޔާގެ ޖާގަ ހޯދައިފިއެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންހެވެ. އެމްއެމްޕީއާރުސީން ބުނީ، އިންޑިއާގެ އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ރާއްޖެއަށް މެންދުރު 12:55 ހާއިރު އައި ކާޖަލް ރާއްޖެ އައީ އޭނާގެ ފިރިމީހާ އާ އެކު ހަނީމޫނަށް ކަމަށާއި، ޗުއްޓީ ހޭދަކުރާނީ މަލަހިނި ކުޑަ ބަނޑޮހުގައި ކަމަށެވެ.
މިއީ ރާއްޖެއަށް ކާޖަލް އައި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.