މަރުވި މީހަކު ހޮސްޕިޓަލަށް ލާފައި ދިޔަ މައްސަލައެއް ބަލަނީ
ދަޕްރެސް
7 ޖޫން 2025 | ހޮނިހިރު | 7:45
ބަޔަކު ފަތިހު މަރުވި މީހަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ލާފައި ދިޔަ މައްސަލައެއް ބަލަން ފަށައިފިއެވެ.
މީޑިއާ އަށް ފޮނުވި މެސެޖެއްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ބަޔަކު ގެނައި އެ މީހާ މަރުވެފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 6 ޖަހާކަން ހާއިރު ކަމަށާއި، މައްސަލަ ރިޕޯޓުކުރީ 8:30 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.