ހުރިހާ އެއާޕޯޓުތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ޓްރަކްތަކެއް: މުބީން

ދަޕްރެސް

8 ޖޫން 2025 | އާދިއްތަ | 11:03

ހުރިހާ އެއާޕޯޓުތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ޓްރަކްތަކެއް ކަމަށާއި، ފަޔާ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިފަދައިން ވިދާޅުވެފައިވަނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. ނަމަވެސް އެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓު އޮޕަރޭޝަނަށް މިހާރު ވަނީ ގެނެސްފައެވެ.

މުބީން ވިދާޅުވީ ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރުއޭސީއެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަމަށާއި، އެމްއޭސީއެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ފަޔާ ޓްރަކްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މުބީން އިތުރަށް ވިދާޅުވީ މިއީ ކުރީ ސަރުކާރުތަކުން އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ ކަމަށާއި، އެތައްދުވަހެއް ވީއިރުވެސް އެއާޕޯޓްތަކުގައި ހުރި ބާ ފަޔާ ޓްރަކުތައް އާ ނުކުރާ ކަމަށެވެ.

މައުޟޫޢުތަށް