ލައިބާ ހޯދި ކާމިޔާބީ އަކީ ގައުމަށް ލިބުނު ބޮޑު ފަހުރެއް، ކުޅިވަރުގައި ނަމޫނާއެއް: ރައީސް

ދަޕްރެސް

8 ޖޫން 2025 | އާދިއްތަ | 8:55

އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ހާސިލް ކުރި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ ދަރިކަލުން ލައިބާ އަހްމަދު މަހްލޫފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބަހާއި މަރްހަބާ ދަންނަވައިފިއެވެ.

ރައީސް މުއިއްޒު ލައިބާއަށް މަރުހަބާ ވިދާޅުވި އާންމު ކުރި ޕޯސްޓްގައި ވިދަޅުވީ، ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އެދިވަޑައިގަންނަވަނީ ލައިބާއަށް އިތުރު ކާމިޔާބީ އާއި ރަން ވަނަތަށް ލިބުމަށް ކަމަށާއި އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް