އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ބަސް އިއްވައިދޭ ތަންތަނަށް ކައުންސިލުތައް ހެދުމަށް: އާދަމް ޝަރީފް
ދަޕްރެސް
9 ޖޫން 2025 | ހޯމަ | 9:38
ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ އަދި ޖަވާބުދާރީވެވޭ ތަންތަނަށް ހަދަންޖެހޭކަމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރަށް އޮންނަ ތަންތަނަށް ހަދަންޖެހޭކަމަށެވެ. ކައުންސިލްތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތް ކައުންސިލްތަކުން ބަލައިގެންފައިވާކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކާއި ސަރުކާރު ގުޅުވައި ދިނުން ކަމަށާއި މިހާތަނަށް އައި އިރު މިނިސްޓްރީގެ ހިންގުމުގެ އުސޫލުތައް އެކުލެވި ނިޒާމަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ނަޒާމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށާއި އެކަންކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެންޖެހެނީ ކައުންސިލްތަކަށް ކަމަށެވެ.