ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރަނީ

ދަޕްރެސް

9 ޖޫން 2025 | ހޯމަ | 7:27

ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުންދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި އާރްއެފްއައިޑީ ނިޒާމު ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ.

އާރްއެފްއައިޑީ ޓެކްނޮލޮޖީއާއި އެކު ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއެކު، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވޭނެއެވެ. އަދި އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުވުމުގެ އިތުރުން ތަންފީޒީ އިދާރާތަކަށް މަސައްކަތް ފަސޭހަވޭނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް