ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު އަށް ދައުވާ ކޮށްފި
ދަޕްރެސް
10 ޖޫން 2025 | އަންގާރަ | 9:38
އޭޕްރިލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީއިން ބުނީ ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ޖޫން 4، 2025 ވަނަ ދުވަހު ކަމަށެވެ. ރައުދުގެ މައްޗަށް އުފުލާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީއިން ބުނީ މި ދައުވާ ރައުދުގެ މައްޗަށްކޮށްފައިވަނީ އެޕްރީލް 18، 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީކަމަށެވެ. އަދި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.