ގައުމީ އިހްތިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

ދަޕްރެސް

10 ޖޫން 2025 | އަންގާރަ | 4:54

ގައުމީ އިހްތިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ކޯ ހޯސްޓް ކުރި ބައްދަލުވުމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިހާތަނަށް އައިރު މި އެއްބަސްވުމުގައި 112 ގައުމަކުން ވަނީ ސޮއިކޮށްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މިއެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އިސްކަމުގެ ހެއްކެއްކަމަށެވެ.

މައުޟޫޢުތަށް