ޝެއިހް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ރާޖާ ހާޖީ މިސްކިތުގައި

ދަޕްރެސް

10 ޖޫން 2025 | އަންގާރަ | 9:14

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފަރީދު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާގައެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު ދަރުހެއް ދިނުމަށެވެ. ނަމަވެސް އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓި އަވަހާރަވުމާއެކު އާއިލާއިން މަސައްކަތް ކުރީ ޖަނާޒާގެ ކަންކަން ކުރުމަށް ރާއްޖެ ގެނެއުމަށެވެ.

ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބޭއްވުމަށް ނިންމިއެވެ. އެއާއެކު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ޝެއިހް ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު 11:00 އާއި 12:30 އާ ދެމެދުއެވެ.

މައުޟޫޢުތަށް