ސަނާގެ މަރާ ގުޅިގެން ޕާކިސްތާނުގައި އަންހެނުން ކުރާ ސުވާލަކީ، އެމީހުނަށް އޮތް ރައްކާތެރިކަމަކީ ކޮބާތޯ؟

ދަޕްރެސް

11 ޖޫން 2025 | ބުދަ | 11:28

ޓިކްޓޮކްގައި މަގުބޫކަން ހޯދާފައި ވާ އުމުރުން 17 އަހަރުގެ ސަނާ ޔޫސުފްގެ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާ އާ އެކު ޕާކިސްތާނުގެ އަންހެނުން ސުވާލަކާ އެކު އިހުތިޖާޖު ކޮށްފިއެވެ.

އަސްކަރީ ބާރު އޮންނަ އަދި އިސްލާމީ ވެރިކަމެއް ކުރާ ޕާކިސްތާނުގައި އަންހެނުން އެކި ސަރަހައްދުތަކަށް އެއްވެ ކުރި ސުވާލަކީ އެގައުމުގެ އަންހެނުންނަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ އާއި އޮންލައިން ގައި ވެސް އަދި މަގުމަތީގައި ވެސް ރައްކާތެރިކަމެއް އެބައޮތްތޯއެވެ.

މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސަނާ މަރާލާފައި ވަނީ، ދާދި އިހަށް ދުވަހު އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުޑަ ހަފްލާއެއްގައި ކޭކް ފަޅާ އެ މެންޒަރުތައް ޓިކްޓޮކްގައި އާންމު ކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އިސްލާމްއާބާދުގެ މާގަލާ ފަރުބަދަތައް ފެންނަ ގޮތަށް މަޑު ފިޔާތޮށްޓާއި ހުދު ކުލައިގެ ބެކްޑްރޮޕެއްގައި އެ ކުލަތަކުން ޖަރީކޮށްފައި ވާ ކުޑަކޭކެއް ފަޅާ، ހިނިތުންވުމާއެކު އެ ސަނާ އުފާފާޅު ކުރެއެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެވުން ދިޔަ އިރު މެޔަށް އަމާޒުވެގެން އަންނަނީ ވަޒަނެއް ކަމެއް ހިތަކަށް ނާރާނެއެވެ.

މައުޟޫޢުތަށް