230 ފަސެންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ދަޕްރެސް

12 ޖޫން 2025 | ބުރާސްފަތި | 3:25

އެއާ އިންޑިއާގެ މަތިންދާބޯޓެއް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެއެވެ.

ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޯއިން 787-8 ޑްރީމްލައިނާ ބޯޓަކީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދިއުމަށް ފުރި ބޯޓެކެއެވެ. އެ ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިބިއިރު ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ވީޑިއޯ އިން ފެންނަނީ މި މަތިންދާބޯޓު މައްޗަށް އަރަން ދިޔަ ވަގުތު ބެލެންސް ނުވެ، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓޭ މަންޒަރެވެ. އަދި ބޯޓު ވެއްޓުމާއެކު ބޯޓުގައި ރޯވާ މަންޒަރު ފެނިގެން ދެއެވެ.

މައުޟޫޢުތަށް