އެއާ އިންޑީއާގެ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައި ވިދާޅުވީ، ދިވެހިން ތިބީ އިންޑިއާއެކު
ދަޕްރެސް
12 ޖޫން 2025 | ބުރާސްފަތި | 5:06
ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 ގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތާމަފާޅު ކުރައްވައިފިއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވަނީ މިއީ ވަރަށް ހިތްދަތި ވަގުތެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި މި ދަތި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
242 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެއާ އިންޑިއާގެ ބޮއިންގް 787 މަރުކާގެ މި ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.