އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ދަޕްރެސް

13 ޖޫން 2025 | ހުކުރު | 9:11

އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ، އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގައެވެ. އެއާބަސް ކުންފުނީގެ އޭ-320 މަރުކާގެ ބޯޓުތަކުން މިހާރު ދުވާލަކު އެއް ދަތުރު ކުރެއެވެ. މި ދަތުރުތަކުގެ އަގު ފެށެނީ އެއްކޮޅު 200 އެއްހާ ޑޮލަރުންނެވެ.

އެ އެއާލައިނުން ކުރި އިއުލާނެއްގައި ބުނީ، 27 އޮކްޓޯބަރުން ފެށިގެން ދުވާލަކު ދެ ދަތުރު ކުރަން ފަށާނެ ކަމަށެވެ.

މައުޟޫޢުތަށް