އަނެއްކާވެސް އޮޅުވާލައިގެން ފައިސާ ހޯދަނީ، މިފަހަރު ހައްޖު ކޯޕަރޭޝަންގެ ނަމުގައި!

ދަޕްރެސް

13 ޖޫން 2025 | ހުކުރު | 1:36

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކުންފުނީގެ ނަމުގައި އާންމު ރައްޔިތުންނަށް މެސެޖުތަކެއް ފޮނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން، ލިންކު ފޮނުވައިގެން ފައިސާ ދެއްކުމަށް އެދި ހައްޖު ކޯޕަރޭޝަނުން މެސެޖު ނުކުރާނެ ކަމަށާއި އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖުކޮށްގެން އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނޭދޭނެ ކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ، ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފައިސާ ދައްކަން އަންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓުތަކަށް ކަމަށެވެ.

މައުޟޫޢުތަށް