ޑައިވިނަށް ފޭބި 26 އަހަރުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ދަޕްރެސް

13 ޖޫން 2025 | ހުކުރު | 2:36

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ބުނީ، ގެއްލިފައިވަނީ މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެއް ކަމަށެވެ.

އަދި ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގް ގިއަރަކާއި ހުދު ކުލައިގެ މާސްކެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މައުޟޫޢުތަށް