އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ދަޕްރެސް
13 ޖޫން 2025 | ހުކުރު | 3:24
އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.
ޔަހޫދީ އިޒްރޭލުން ރޭ ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒުވެފައި ވަނީ އިރާނުގެ ގިނަ އަދަދެއްގެ ނިއުކްލިޔާ މަރުކަޒުތަކެއްގެ އިތުރުން އިރާނުގެ ވެރިރަށަށް، ތެހްރާން އަށެވެ.
އިޒްރޭލުގެ އެ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން 100 އެއްހާ ޑްރޯން އިޒްރޭލު ސަރަހައްދަށް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.