ޓްރަމްޕްގެ އިންޒާރު އީރާނަށް: އެމެރިކާ ބުނާގޮތާ އެއްބަސް ނުވާނަމަ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެ!
ދަޕްރެސް
13 ޖޫން 2025 | ހުކުރު | 9:14
އިޒްރޭލުން އީރާނުގެ އިސް ލީޑަރުންތަކެއް އަވަހާރަ ކޮށްލައި ނިއުލްކިއާ ސައިޓް ތަކަށް ދިން ހަމަލާ ދިފާއު ކުރައްވައި އެމެރިކާގެ ރައީސް ޑޮނާންލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ, އީރާނަށް އޮތީ އެމެރިކާ އިން ހުށަހެޅި ގޮތަށް ނިއުކްލިއާ މައްސަލައިގައި އެއްބަސްވުން ކަމަށާއި ނޫނީ މާ ވަރުގަދަ ހަމަލާތަކާ އީރާން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މިއަދި އެމެރިކާގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ, އިޒްރޭލުން ހަމަލާ ދޭ ކަން އެނގިވަޑައިގަންނަވާ ކަމަށާއި 'އެއީ ވަރަށް ކާމިޔާބު ހަމަލާތަކެއް' ކަމަށެވެ.