އެސްޓިއޯ ރަމަޟާން ބާޒާރުގެ 1 ލައްކަ ރުފިޔާ ލިބޭ ނަސީބުވެރި ފަރާތް ހޮވައިފި!

ދަޕްރެސް

14 ޖޫން 2025 | ހޮނިހިރު | 9:51

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ހަފްލާގައި، ނެގި ގުރުން ހޮވިފައިވަނީ މަރިޔަމް ޝިޒާއެވެ.

އެސްޓިއޯ އިން ބުނީ މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000ރުފިޔާގެ ފައިސާގެ އިނާމުކަމަށެވެ.

މައުޟޫޢުތަށް