ފިރިމީހާއަށް ސްޕްރައިޒެއް ދިނުމަށް ލަންޑަނަށް ދާން ތައްޔާރުވަމުން ދިޔަ ހާޕްރީތުގެ މަރާއެކު އާއިލާއަށް ބޮޑު ހިތްދަތިކަމެއް

ދަޕްރެސް

14 ޖޫން 2025 | ހޮނިހިރު | 10:08

"އުފާވެރި އަމާން ދަތުރަކަށް އެދެން ހާޕްރީތް ބެޓާ" މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ވަޓްސްއަޕް ގުރޫޕް ފުރާލީ އިންޑިއާއިން، ލަންޑަނަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ހާޕްރީތަށް، އާއިލާގެ މެންބަރުން ފޮނުވަމުން ދިޔަ މެސެޖުތަކުންނެވެ.

ފިރިމީހާއަށް ސަޕްރައިޒެއް ދިނުމަށްޓަކައި ހާޕްރިތު، ލަންޑަނަށް ދިއުމަށް ތައްޔާރުވަމުން ދިޔަ އިރު ފިރިމީހާ އާއި ބައްދަލުވާތީ އޭނާ ހުރީ އުފަލުންނެވެ. އޭރު އެއްވެސް މީހަކަށް މިއީ ހާޕްރީތްގެ އެންމެ ފަހު ދަތުރުކަމެއް ނޭގެއެވެ. އަމާން ދަތުރަކަށް އެދި އޭނާއަށް ހެޔޮ ދުއާކުރި އެއްވެސް މީހަކަށް އެއީ ކިހާ ބިރުވެރި ދުވަހެއްކަން އަންދާޒާވެސް ކޮށްނުލެވެއެވެ.

ލަންޑަނުގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ މަސައްކަތް ކުރާ ފިރިމީހާ ރޮބީ ކައިރިއަށް ދިއުމަށް އެންމެ ފުރަތަމަ ހާޕްރީތު ޓިކެޓް ބުކް ކުރީ ޖޫން 19 އަށެވެ. އެކަމަކު ރޮބީގެ އުފަންދުވަސްކަމުގައި ވާ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ ކައިރީގައި ހުންނަން ހާޕްރީތު ބޭނުންވިއެވެ. އެހެންކަމުން އޭނާގެ ޓިކެޓް ޖޫން 12 ވަނަ ދުވަހަށް ބަދަލުކޮށްލީ ފިރިމީހާއަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ.

މައުޟޫޢުތަށް