އިޒްރޭލަށް އެހީވާނަމަ އެެމެރިކާ، ޔޫކޭ އަދި ފްރާންސުގެ ބޭސްތަކަށް ހަމަލާ ދޭނަން: އީރާން

ދަޕްރެސް

14 ޖޫން 2025 | ހޮނިހިރު | 5:22

އިޒްރޭލަށް އެހީވާނަމަ މެދުއިރުމަތީގައި ގާއިމު ކޮށްފައި ވާ އެމެރިކާ، ޔޫކޭ އަދި ފްރާންސުގެ މަގާމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ 78 މީހަކު މަރާލައި 320 މީހަކު ޒަހަމްކޮށްލަފައި ވާއިރު، އެމެރިކާ އާ ހިލާފަށް ޔޫކޭ އާއި ފްރާންސުން އަދި އިޒްރޭލުގެ ދިފާއުގައި ކޮނޑާ ކޮނޑު ޖައްސައިގެން ތިބިކަމަކަށް ނުބުނެއެވެ. ނަމަވެސް އިޒްރޭލަށް އެހީވާނެ ކަމަށް އެ ދެގައުމުން ވެސް ވަނީ ބުނެފައެވެ.

އެމެރިކާ އަކީ އިޒްރޭލުގެ ސީފާ މަދަދުގާރު ކަމަށް ވާއިރު، އީރާނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ވެސް އެމެރިކާގެ އެހީތެރިކަން ބޮޑެވެ. އެ ހަމަލާތަކުގައި ސީދާ ބައިވެރި ނުވާކަމަށް އެމެރިކާއިން ބުނި ނަމަވެސް ސެޓެލައިޓްގެ އެހީގައި އިޒްރޭލަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އަންދާ އަޅިއަށް ހަދާލާ ހަތިޔާރު ވަނީ ފޯރުކޮށްދީފައެވެ. އަދި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އިސް ލީޑަރުންތަކެއް އަވަހާރަ ވުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، އެއީ "އެކްސެލެންޓް" ނުވަތަ ވަރަށް ފުރިހަމަ ހަމަލާތަކެއް ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް