ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްދަން އިޒްރޭލުން މަސައްކަތް ކުރާކަމަށް ގަބޫލު ކުރެވޭ: މުހައްމަދު
ދަޕްރެސް
15 ޖޫން 2025 | އާދިއްތަ | 11:29
އިޒްރޭލުން އީރާނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާގެ ރައްދުގައި އީރާނުން ހަމަލާ ދެމުން ދާއިރު، ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްދަން އިޒްރޭލުން މަސައްކަތް ކުރާކަމަށް ގަބޫލު ކުރެއްވޭ ކަމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
އީރާނުގެ ނޫސްތަކުން ބުނީ، ހަނގުރާމައިގެ މިހާލަތާ ގުޅިގެން އީރާނުގެ ރައީސް މުހައްމަދު ޕެޒެސްކިއާން އަށް ފޯނުއް ގުޅުއްވާ މުހައްމަދު ދެއްކެވި ވާހަކައިގައި އިޒްރޭލުގެ ރޭވުން ނާކާމިޔާބު ކޮށްލުމުގައި އީރާނުން ކާމިޔާބު ހޯދާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
އަދި މުޅި އިސްލާމީ އުންމަތް އޮތީ އީރާނާ އެކުގައި ކަމަށް މުހައްމަދު ވިދާޅުވި ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.