މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ 74 އުޅަނދު ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެފި

ދަޕްރެސް

15 ޖޫން 2025 | އާދިއްތަ | 12:47

މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ 74 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތިދުވަހު ފުލުހުން ފަށާފައިވާއިރު، މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ 5 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަޖީދީމަގުން ޓޯކުރާ އުޅަނދުތައް އަބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ އުޅަނދުތައް ޕާކު ކުރުމަށްޓަކައި، ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް