އޮގަސްޓް 30 އަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ގޮތުގައި ރައީސް ހަމަޖައްސަވައިފި

ދަޕްރެސް

15 ޖޫން 2025 | އާދިއްތަ | 3:00

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި އިރު، މި ދުވަސް ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަ ކުރާނެ ކަމަށެވެ.

އޮގަސްޓް 30 އަކީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހު ކުރި ދުވަހެވެ. އެހެންކަމުން އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށް ނިންމައި އެ ދުވަސް އެގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް