ކައުންސިލަރުންގެ އަދަދު މަދުކުރުމަށް މެންބަރުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 11:00

ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކޮށް ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމަށް މެންބަރުންގެ ހިޔާލު ހޯދުމުގެ ގަރާރެއް މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލެއް ނުވަތަ ފަސޭހައެއް ފެންނަން ނެތް ކަމަށެވެ. އަދި މި ބަދަލާއެކު ރަށްތަކުގެ ތަރައްގީއަށް އައިި ބަދަލެއްވެސް ފެންނަން ނެތްކަމަށް މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް