ގެދޮރުވެރިޔާ ސްކީމް މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި، ދައުވާކުރަން ހުށަހަޅާފައެއް ނުވޭ!

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 11:24

ގެދޮރުވެރިޔާ ސްކީމް މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި އަދި ދައުވާކުރަން ހުށަހަޅާފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން ބުނީ މި މައްސަލަ އަދި އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ. އަދި މި މަހުގެ 3 ވަނަ ދުވަހަށް ޑިއުޓީ ޕްރޮސެކިއުޝަން ތާވަލުކުރި ނަމަވެސް މައްސަލައިގެ ލިޔެކިޔުންތައް އޭސީސީއިން ޕީޖީ އޮފީހަށް ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް