ބުރިޖުން ރާއްޖޭގެ ދިރިއުޅުމާއި އިގުތިސާދަށް ބޮޑު ބަދަލެއް އައިސްފާވޭ: ސަފީރު ކޮންގް ޒިއޭންހުއާ

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 3:09

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އިން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި އިގުތިސާދަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއޭންހުއާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރިހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ތާރީހުކަމުގައިވާ، އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ނިންމަވާފައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ސަފީރު ވިދާޅުވީ ސިނަމާލެ ބުރިޖަކީ މުޖުތަމައުގެ ކުރިއެރުމަށް އިންޖިނޭރުންގެ މުހިންމުކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށެވެ. ވީ ޗައިނާއާއި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސްފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ ހައްގު އިހްތިރާމާ ގަދަރު އިންޖިނޭރުންނަށް ލިބެންޖެހޭ ކަމަށެވެ.

މައުޟޫޢުތަށް