ރައީސްކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ނަޝީދު، އެމްޑީޕީ ޗެއާޕާސަން އަށް ކެއުމެއް ދެއްވައިފި
ދަޕްރެސް
16 ޖޫން 2025 | ހޯމަ | 3:28
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ބައްދަލުކުރައްވައިފިއެވެ.
ފައްޔާޒާއި ނަޝީދު ބައްދަލުކުރައްވާފައި މި ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައި، އަރިސް ބޭފުޅުންގެ ލަފައަކަށް އެދިވަޑައިގެން އެމަނިކުފާނު މެސެޖުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ކޮންމެ ގޮތަކަށް ޖަވާބުދެއްވި ނަމަވެސް، ނަޝީދާއި އެ ބޭފުޅުންގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށް ވެސް އެ މެސެޖުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.