'އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް'ގެ ޝަރަފުވެރި ދެ އެވޯޑެއް އުރީދޫއަށް

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 4:26

މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.

އެގޮތުން ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެންޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލްމާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަކޮށް، އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ޝަރަފުވެރި ގޯލްޑްސްޓީވީ އެވޯޑް ވަނީ އުރީދޫ އަށް ލިބިފައެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ވަނީ އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ® އެވޯޑް އެއާ އެމްބިއުލާންސް އިނީޝިއޭޓިވްގެ އަށް ލިބިފައެވެ.

މައުޟޫޢުތަށް