ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި އެއް ޑަޔަލިސިސް ސެންޓަރު ހުޅުވާނަން: ނާޒިމް

ދަޕްރެސް

16 ޖޫން 2025 | ހޯމަ | 4:37

މިސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ނިންމާފައިވާ ނިންމުން މިއަހަރު ތެރޭ ތަންފީޒު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއް ފަރުވާއަކީ ޑަޔަލިސިސްގެ ހިދުމަތް ކަމަށެވެ. މި ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ އިރު، ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި ވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ، މި ބައްޔާ މެދު ސަމާލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ

މައުޟޫޢުތަށް