ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ހުށަހެޅި މައްސަލަ ބޭރު
ދަޕްރެސް
17 ޖޫން 2025 | އަންގާރަ | 9:53
ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތު ކަނޑައެޅުމަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ބަޔާންކޮށްފައިވާ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތައް ދިމާވަމުންދާ ކަމަށް ވިދާޅުވެ، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވު މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއިރު ބަހުސްކުރަން ނުފެންނަ ކަމަށް 36 މެންބަރަކު ވޯޓު ދެއްވިއެވެ.
ނިއުޝާދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައި އޮތް ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ދަތިވަމުންދާ ކަމުގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.