އީރާނާ ދެކޮޅަށް ހަނގުރާމައަށް ދާނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ބިލެއް ހުށަހަޅައިފި

ދަޕްރެސް

17 ޖޫން 2025 | އަންގާރަ | 11:23

ހާރިޖީ ސިޔާސަތު އެކައަށާ އެމެރިކާގެ ފަރާތްތަކުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައަށް ދާންވީ ކަމަށް ގޮވާލަމުން ދަނިކޮށް އެކަން ކުރެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިދޭން މެމްބަރަކު މަޖިލީހަށް ހުށަހަޅައިފިއެވެ.

ވާޖީނިއާ އަށް ނިސްބަތްވާ ޑިމޮކެރެޓް ޕާޓީގެ މެންބަރު ޓިމް ކައިނޭ ހުށަހެޅުއްވި ބިލުގައި ވަނީ، އީރާނާ ދެކޮޅަށް ހަނގުރާމައަށް ދާން އަމިއްލަފުޅަށް ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމުން މަނާ ކުރުމަށާއި، އެކަން ކުރުމުގެ ކުރިން ކޮންގްރެސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިހާރު އިޒްރޭލާއި އީރާނު ކުރަމުން ދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ އެކަން ވާނީ ނިމުމެއް ނެތް ހަމަނުޖެހުމެއްގެ ތެރެއަށް އަނެއްކާ އެމެރިކާ ދިޔުން ކަމަށެވެ.

މައުޟޫޢުތަށް