ޔުމްނު ވެއްޓުނު މައްސަަލަ: އިންކުއަރީ ރިޕޯޓު އެންމެނަށް ފެންނާނެހެން އާންމު ކުރަން ރައީސް އިރުޝާދު ދެއްވައިފި

ދަޕްރެސް

17 ޖޫން 2025 | އަންގާރަ | 12:55

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތްތައް ނިންމާ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅި ރިޕޯޓު އެންމެނަށް ފެންނާނެހެން ހާމަކުރަން ރައީސް މިއަދު އިރުޝާދު ދެއްއިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ރައީސް އުފެއްދެވި ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތް ނިންމައި ކޮމިޝަންގެ ރިޕޯޓު ރައީސަށް މިއަދު އަރުވާފައިވާނެކަމަށެވެ. މި ރިޕޯޓް ރައީސްއަށް އަރުވާފައި ވާކަމަށް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރިޕޯޓް އާންމުކުރުމަށް ގޮވާލާފައެވެ.

މި މައްސަލާގައި ކޮމިޝަނުން އެކުލަވަާލި ރިޕޯޓް ލިބިވަޑައިގެންފައި ވާކަން ހާމަކުރައްވަމުން ރައީސް ވަނީ އެ ރިޕޯޓް އެންމެނަށް ފެންނާނެހެން ހާމަކުރުމަށް އެދިވަޑައިގެންފައެވެ.

މައުޟޫޢުތަށް