އީރާންގެ ހަމަލާއަށް ވަންނަ ހިތުން ތުލްސީ ވިދާޅުވާ އެއްޗަކަށްވެސް ނުބަލާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ދަޕްރެސް
17 ޖޫން 2025 | އަންގާރަ | 8:07
އިރާނުގެ ނިއުކްލިއާ ގާބިލިއްޔަތާ ގުޅޭގޮތުން ތުލްސީ ގެބާޑް ދެއްކެވި ވާހަކަތަކަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ތުލްސީއަކީ އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެއްގެ އިތުރުން އަސްކަރީ އޮފިސަރެއްވެސް މެއެވެ. މިދިޔަ މާޗް މަހު ބޭއްވި ކޮންގްރެސްގައި ތުލްސީ ވަނީ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރު އުފައްދަމުން ނުދާ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.
އެގޮތުން އޭރު ތުލްސީ ބުނެފައި ވަނީ 2003 ވަނަ އަހަރު ހުއްޓާލި ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް އީރާނުން އަލުން ނުފަށާ ކަމަށެވެ.