ގުރައިދޫގެ މަރުކަޒަށް ވަނުމުގެ ފުރުސަތު ނުދިން މައްސަލަ މަޖިލީހަށް

ދަޕްރެސް

18 ޖޫން 2025 | ބުދަ | 10:51

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމަށް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ އިމްތިޔާޒް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި މައްސަލަ ބަލައިގަތީ މަޖިލީހަށް ހާޒިރުވި 55 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތަކަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް މުހައްމަދު ސިޓީއެއް ހުށަހެޅުއްވީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގައެވެ.

މައުޟޫޢުތަށް